ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ފުރައްސާރަ ކުރި މައްސަލައިގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝަހީމް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގެ ރަށަކަށް ވަޑައިގަތުމުން އާންމުންގެ މީހަކު ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ފުރައްސާރަކޮށްފައި ވަނިކޮށެވެ.
ިމިނިސްޓަރު ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު އަށް ފުރައްސާރަ ކުރުން ބަލައެއް ނުގަނެވޭ ކަމަށާއި، އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ހުއްޓައިލަން ޖެހޭ ކަމަށާއި، ހިޔާލު ފާޅު ކުރަންވާނީ، ރީތި އުސޫލުގެ ތެރެއިން ކަމަށެވެ.

