ނ. ފޮއްދޫގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.
ފޮއްދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައެވެ.
ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު މޫސާއެވެ.
ފޮއްދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

