އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީއާ މޯދީ ބައްދަލުކުރައްވާފައި ވަނީ ވަކިންނެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އެމްޑީޕީގެ ރައީސް ޝާހިދު ބައިވެރިވެވަޑައިގެންފައިވެއެވެ.

އޭގެއިތުރަށް އެހެން ޕާޓީތަކުގެ އިސްވެރިންނާ ވެސް މޯދީ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

އަދި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.