އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޭ އެއްޗެއް ގޮވައި ދެ ބިދޭސިއަކު ފިހިއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނީ ރޭ 8:45 ހާއިރު ކަމަށެވެ.
އެ ދެ ބިދޭސީންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފުރުވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މިކަމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

