ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް އިބްރާހީމް ނަޒީމް އައްޔަންކޮށްފިއެވެ.

ނަޒީމް އެ މަގާމަށް ހަމަޖެއްސެވީ، ކުރިން އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަހުމަދު ޒުހައިރު އިއްޔެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީއަކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ޒުހައިރު އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ. މައުރޫފް އިސްތިއުފާ ދެއްވައިފައި ވަނީ އޭނާ ރިޓަޔަރ ކުރައްވަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

އާރްޑީސީގެ އެމްޑީއަކަށް އައްޔަންކުރި ނަޒީމް އެންމެ ފަހުން ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.