ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މީސްމީޑިއާގައި ރައީސް މުއިއްޒު އަށް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމަނިކުފާނު އެންގެވި ހަބަރާއި ގުޅިގެންނެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވަނީ މަސީހު މޫސާ 25 އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ.