އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެ، މ. ސްޓާ، މުހައްމަދު ރަޒީން (49އ) ކަމަށެވެ.

އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުން ދިން  މައްސަލަ ފުލުހުންނަށް އެންގީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ދަންވަރު 1:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކުރިއިރު، ފުލުހުން ދަނީ މައްސަލަ ވެސް ބަލަމުންނެވެ.