މި އަހަރުގެ މިހާތަނަށް އާސަންދައަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންްސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 1.0 ބިލިއަން ރުފިޔާ ހަރަދު ކުރިއިރު، އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެއެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އާސަންދައަށް ބޮޑު ހަރަދެއް ކުރާއިރު ސަރުކާރުން މިހާރު ވަނީ ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފަށާފައެވެ.