ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރު ޗައިނާއިން 192،370 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާ އިން 154،335 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތުން 121،992 ފަތުުރުވެރިން އައިސްފައިވާއިރު، އިޓަލީ އިން 93،469 ފަތުުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އިތުރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން:

  • ޖަރުމަނު – 91،930 ފަތުުރުވެރިން
  • އިންޑިއާ – 75،902 ފަތުުރުވެރިން
  • އެމެރިކާ – 39،840 ފަތުުރުވެރިން
  • ފްރާންސް – 37،689 ފަތުުރުވެރިން
  • ސްޕެއިން – 26،116 ފަތުުރުވެރިން
  • ސްވިޓްޒަލޭންޑް – 25،554 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 957،154 ފަތުރުވެރިން  ރިސޯޓުތަކުގައި ތިބިއިރު، ގެސްޓްހައުސްތަކުގައި 288،210 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއެވެ.

ހޮޓާތަކުގައި 34،958 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 27،351 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 175 ރިސޯޓާއި 888 ގެސްޓްހައުސް ދަނީ ހިންގަމުންނެވެ.