އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޣަނީ އެ މަގާމަށް އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

ޢަނީ އެންމެ ފަހުން ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިއްޔެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހުފެ 21 ގައި ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.