ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ)، ސީނިޔާގެ، ނައިފަރެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފުލުހުންނަށް އެ ކުއްޖާ ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މިރޭ ފެނުނު އަންހެން ކުއްޖާ މީގެ ކުރިން ވެސް ގެއްލިފައިވެއެވެ.