ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަޑައިގެންނެވިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ޖުލައި 31 ވަނަ ދުވަހުއެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވެސް ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވައިފައެވެ.