އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ފިރިހެން ދެ ކުއްޖަކަށާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫ ސިޓީ، ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 21:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އަނެއް ސައިކަލު 15 އަހަރުގެ ފިރިހެން ކުއްޖަކު ދުއްވަން އިންއިރު އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެ އަންހެން މީހާއާއި ދެ ކުދިންނަށް ވެސް އަނިޔާވުމުން، އެމީހުންނަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
.މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

