ބ. ކަމަދޫ އަށް ސީޕްލޭންގެ ހިދުމަތް ދިނުމަށްޓަކައި އެެެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން އެކުލަވާލާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކަށް ކަމަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

އެގޮތުން އެ ރަށަށް ސީ ޕްލޭންގެ ހިދުމަތް ދޭން ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ، އައިލެންޑް އޭވިއޭޝަން އައިއޭއެސް) އިން ސޮއިކުރީ ހޯކްސް ހޮޓެލްސްއާއެކުއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ހުސައިން އަމަންއެވެ.

މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، ތަރައްގީ ގެނައުމުގައި ކަމަދޫއަށް އިސްކަން ނުދީ އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.