ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު އެވެ.

އެ ދެ މެންބަރުންގެ ދައުރު ހަމަވަނީ ސެޕްޓެމްބަރު އަށް ވަނަ ދުވަހަށެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިއުލާނު ކުރުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ.

އެމަނިކުފާނު ހުށަހެޅުއްވީ، މުހައްމަދު ފާރިސް ޠާހާ / ހ. ސޯސަން އަދި މުހައްމަދު ޝަފީގު މަހްމޫދު / މ. ޕޮޕީ މި ދެނަމެވެ.

މި ނަންތައް ދިރާސާކުރަން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައެވެ.