ބ. އަތޮޅު ހޮސްޕިޓަލްގައި އުރަމަތީގެ ކެންސަރަށް ޓެސްޓު ކުރަން ހަދާ މެމޮގްރަފީގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ބ. އަތޮޅުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުންވެސް ލިބޭނެ ކަމަށެވެ.

އަދި އިތުރު ހޮސްޕިޓަލްތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފެށުމަށް ރާވާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. ށ. ގއ. އަދި ފުވައްމުލައް ސިޓީ ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.