ލ. ގަމުގައި މިދިޔަ ޖުލައި މަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާދެމުން ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:12 އެހާކަންހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، މާމެންދޫން ގަމަށް އަރާ ބެންޑުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ވަނީ އެކްސިޑެންޓް ވެފައެވެ.
އެކްސިޑެންޓުވި ސައިކަލުން ދަތުރުކުރަމުންދިޔަ ދެ އަންހެނުންނަށް ސީރިއަސް އަނިޔާވުމުގެ ސަބަބުން ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ.
ފަހުން އެ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އޭގެ ތެރެއިން ނިޔާވެފައި ވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ. އެނގިފައިވާ ގޮތުގައި، ނިޔާވީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ.

