ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ”އިހުސާސް“ ކުރެހުމުގެ މައުރަޒު ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މައުރަޒަކީ، ރާއްޖޭގެ ހުނަރުވެރި ފަންނުވެރިއެއް ކަމަށްވާ އަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ މައުރަޒެކެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއާއިި އަވަށްޓެރި ބައެއް ގައުމުތަކުގެ ކުރެހުންތައް ވެސް މައުރަޒުގައި ހިމެނެއެވެ.

ރައީސް ވަނީ މައުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި އޮގަސްޓް މަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ފަންސާސް ކުރެހުން ވަނީ ދައްކާލާފައެވެ.