ފުލުހުންގެ ބަންދުގައި ހުރި މީހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ބަންދުގައި ހުއްޓައި ނިޔާވީ، ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހެވެ. އޭނާ ހައްޔަރުކޮށް ބަންދުކުރީ މީގެ ދެ ދުވަސް ކުރިން މި މަހުގެ 15 ގައެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެހެންވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރަށް ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުންނެވެ.