ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) އަށް ގަވާއިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަނެއްކާ ވެސް އަތުލައިގެންފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އެ ބޯޓު މިއަދު ގެންދިޔައީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ.
އެމްއެންޑީއެފުން ބުނީ މަސްބޯޓު ފެނުނު އިރު އޭގައި ހަ މީހުން ތިބި ކަމަށާއި އެއީ އަވައްޓެރި ސްރީ ލަންކާގެ އުޅަނދެއް ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

