އ.އ ތޮއްޑޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފިއެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މިއަދު ތޮއްޑޫ އަށް ވަޑައިގެންނެވެ.
ތޮއްޑޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި އެ މަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އާއި، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ފުލުހުންގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫއުއެކެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ގާއިމުކުރުމެވެ.

