ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގީ“ގެ ދަށުން މިހާތަނަށް 174،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 174،152 ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކުރިއަށް ގެންދާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ އެންމެ މައިގަނޑު މަސައްކަތެވެ.
އެގޮތުން ”އޮޕަރޭޝަން ކުރަނގި“ ފެށީ މިދިޔަ އަހަރުގެ މެއި 3 ގައެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

