އއ. އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ރޭ ބުނީ، އެ މައްސަލަ މިރޭ 10:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ހަމަލާ ދީފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒަހަމްވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.