ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތަކު ހޯދަމުން އެބަދެއެވެ.

ހޯދަމުން އަންނަނީ، މުހައްމަދު ރައްބީ ކިޔާ މީހެކެވެ.

ފުލުހުން ބުނީ 32 އަހަރުގެ މީހާ ހޯދަން އިއުލާންކުރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ރައްބީ، މާފަންނު ޕޮލިސް ސްޓޭޝަން ހާޒިރުވާން އަންގާފައިވެއެވެ.