ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓޫނާ ސެލަޑެއްގެ ރެސިޕީއެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ސެލެޑެކެވެ.
ބޭނުންވާނެ ތަކެތި:
ލެޓިއުސް ފަތްކޮޅެއް
ރޯ ޓޮމާޓޯއެއް
ކޮށާފައިވާ ފިޔާކޮޅެއް
އެއް ދަޅު މަސް (ފެން ޑްރެއިން ކުރުމަށްފަހު)
ފެނު ކައްކާފައިވާ ޒުވާރީ ކޮޅެއް
މަޔޮނައިސް ކޮޅެއް
ލޮނު ކޮޅެއް
އަސޭމިރުސް ކޮޅެއް
ތައްޔާރުކޮށްލާނެ ގޮތް:
ލެޓިއުސްކޮޅާއި ޓޮމާޓޯ އަދި ފިޔާ ކޮށާފައި އެއްކޮށްލައި، މަހާއި، ޒުވާރީކޮޅު އަޅައި މޮޑެލާށެވެ. އަދި މަޔޮނައިސްކޮޅާއި، ލޮނާއި އަސޭމިރުސްކޮޅު ވެސް ސެލެޑު ތެރެއަށް އަޅައި ރަނގަޅަށް އެއްކުރާށެވެ.
ޑައިޓު ކުރާއިރު، ބަތާއި ރޮށި ކެއުމުގައި ހިމަނާ މިންވަރު މަދުކޮށް، ޕްރޮޓީން ގިނަ ކެއުންތައް ކެއުމަށް އިސްކަން ދޭން ޖެހެއެވެ. މިއީ ޕްރޮޓީން ގިނަ ސެލެޑެކެވެ.

