މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މެޓު އޮފީހުން ވައިޓު އެލާޓު ނެރެފިއެވެ.

މެޓު އޮފީހުން ވައިޓު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ.

އެއީ މިއަދު މެންދުރު 14:50އިން ފެށިގެން މިރޭ 20:50އަށެވެ.

މެޓުން ބުނީ، އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރަމީ އެކަށީގެންވާ ކަމަށެވެ.

މޫސުމާ ބެހޭ މިފަދަ އިންޒާރުތަކަށް ސަމާލުވެ، ކަމާ ބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުމަކީ އެދެވިގެންވާ ކަމެކެވެ.