އަންނަ މަހުގެ ފުރަތަމަ ދުވަހު، ކޮންގްރެސް ޕާޓީގެ ފަރާތުން، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވައިލަން ނިންމައިފިއެވެ.
ޕީއެންސީން މިކަން ހާމަކުރީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ކައުންސިލު އިންތިހާބަށް ޕީއެންސީގެ ފަރާތުން ވާދަ ކުރަން ޝައުގުވެރިވާ ފަރާތްތަކުން، މާދަމާއިން ފެށިގެން އޮންލައިންކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ.
ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޑިސެމްބަރު މަހުގެ 27 ގައި ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީން ވަނީ ޕްރައިމަރީގައި ވާދަކުރަން އެދޭ ޕީއެންސީ މެމްބަރުންނަށް ނަން ހުށަހެޅުމަށް ޕޯޓަލްއެއް ހަދައިފައެވެ.
ފަލާހު ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހުއެވެ.
އެ ދެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވަނީ ޖެނުއަރީ 17 ގައެވެ.
ީޕީއެންސީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވައިލިއިރު، އެ ޕާޓީގައި 69،000 މެމްބަރުން އެބަތިއްބެވެ.

