ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީބު އައްޔަނުކޮށްފި
11 ޑިސެމްބަރ 2025
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 6886، އަހްމަދު ޝަކީބު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީ) މިއަދު ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޝަކީބު އައްޔަނުކޮށްފައިވާ ކަމަށެވެ.

ޝަކީބަކީ ޕީއެސްއެމްގެ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަކީބު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާދެއްވުމުންނެވެ.

ޝަކީބަކީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރެއްވި ހަތަރުވަނަ ބޭފުޅާއެވެ.