ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރައްވާނެ ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

މީގެތެރޭގައި ސަރުކާރުގެ އެންމެހައި ސްކޫލްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ކަަނޑަޅުއްވާފައިވާ ނަންބަރުތައް ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް، ގައުމީ ދާރުލްއާސާރު އަދި ނޭޝަނަލް އާޓް ގެލެރީވެސް މީގެތެރޭގައި ހިމެނެއެވެ.

މި އިދާރާތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއު ކުރައްވާފައިވާ ނަންބަރު: 19/2025 ދެންނެވުމުގައެވެ.

މިއާއިއެކު، މިތަންތަނަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސް އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.