ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގާތްގަނޑަކަށް 75 އިންސައްތަ ހިއްކައި ނިންމައިފިއެވެ.
އެ މަޝްރޫއު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިރޭ ބުނީ، ތިންވަނަ ފިޔަވަހިން 47 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށާއި، އެއީ 74.6 އިންސައްތަ ކަމަށެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޕްރިންސް ޑަ ނެދަލަންޑެން އާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ގިރާވަރު ފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވިއެވެ.
ރައީސް އޭރު ވިދާޅުވީ، މި މަހު ފަހުކޮޅު ތިންވަނަ ފިޔަވަހި ހިއްކައި އެއްކޮށް ނިންމާލެވޭނެ ކަމުގައެވެ.

