މާލޭގައި ހިންގާ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ޕީއެންސީގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސާޖު ޕާލާތައް ބަންދުކުރުމަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު ފެށި އޮޕަރޭޝަނަށް އެއް މަސް ދުވަސްވީއިރު، މާލެއިން 104 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.

ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖުޕާލާ މާލޭގައި އެބަހުރި ކަމަށާއި އެ ތަންތަން ހިންގާ މީހުން ވެސް އެ މަސައްކަތް ހުއްޓާލުމަށް ރައީސް ގޮވާލެއްވިއެވެ.

މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކުން އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.