މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން، ތުނޑި / ޖަވާހިރުވިލާ، ހުސައިން އާމިރު (47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިއުމާ (43އ)އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން އާމިރު ފަސް ދުވަހަށް އަދި އާމިނަތު ނިއުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

