ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މިދިޔަ ހަފުތާގައި މަރުވި ދެ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެ މަރުގެ ހަގީގަތް ބަލަން އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށާއި އެހެންވެ، ދެ މީހުންގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ ނިއުމޯނިޔާގައި ސުހެއިލް މަރުވީ ސިއްހީ ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ހަފުތާއެއް ފަހުން ކަމަށެވެ.
އެ ދުވަހު ދެ ވަނައަށް މަރުވީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު، 45 އެވެ.
ނިޔާޒު މަރުވީ ހުޅުމާލެ ޖަލުގައި ހުއްޓައި ހާލު ސީރިއަސްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ނިޔާޒަކީ ޑްރަގްގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ.
އެ ހުކުމް އޭނާއަށް އިއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

