ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ގެންގޮސްފިއެވެ.

އެ އިދާރާއިން ބުނީ އެ މީހުންނަކީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެއް ކަމަށެވެ.

އެގޮތުން އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އައި 10 ބިދޭސީއަކު މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް 2023 ގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުން ވެސް ގިނަ އަދަދެއްގެ މީހުން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވެއެވެ.