ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:54 އެހައިކަންހާއިރު ކަމަށާއި، މިކަން ހިނގި ވަގުތު އެ ދޯނީގައި 15 މީހުން ތިބި ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަނިޔާވީ ކިތައް މީހުންނަށް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

 

 

އެމްއެންޑީއެފުން، މީގެ އިރުކޮޅެއް ކުރިން ބުނީ، ދޯނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.