”ގެދޮރުވެރިޔާ“ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން 3600 އަށް ވުރެ ގިނަ ފްލެޓު މިހާތަނަށް ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
ފީއެސްއެމްއާ ވާހަކަ ދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މިހާތަނަށް ފުލެޓްލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށާއި އޭގެ ތެރެއިން 3647 ފަރާތަކާއި ފުލެޓްގެ ތަނޅުދަނޑި ހަވާލުކޮށްފައިވާކަމަށެވެ.
އަދި މީގެ އިތުރުން އެކި ސަބަބު ތަކާއި ހެދި ތަޅުދަނޑިއާއި ހަވާލުވާން ނާދެވޭ 90 ފަރާތެއް ތިބިއިރު، 112 ފްލެޓެއްގެ ލިޔެކިއުންތައް ހަމަނުވާތީ ނުދީ ހުރިކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
މިފެށޭ ރަމްޟާން މަހަށް ފުލެޓްތަކަށް ރައްޔިތުންނަށް ފުލެޓްތަކަށް ވަދެވޭ ގޮތް ވުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެ އަމާޒަށް ވާސިލު ވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލެޓްތައް ލިބިފައިވާ ފަރާތްތަކަށް ތަޅުދަނޑި ހާވާލުކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ.
މީގެ ތެރޭގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ.
ހުރިހާ ތަނަކަށް ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ ގުޅައިދީފައިވާއރު މީގެ ގިނަ ފުލެޓްތަކުގެ މީހުންވަނީ ދިރިއުޅެންފަށާފައެވެ.

