ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުހައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅަކީ، އެ ގައުމުގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ފެބުރުވަރީ 2026 ގައެވެ.

މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިގު ރަހުމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި ބަނދަގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.