ވަރަށް ގިނަ ގޮތްގޮތުން، ތަހައްޖުދު ނަމާދު ނުވަތަ ދަމު ނަމާދުގެ މުހިންމުކަން އަހަރުމެންނަށް އެނގެން އެބައޮތެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، ސުވަރުގެވަންތަވެރި އިހުސާންތެރިންނަކީ، ދަމު ނަމާދު ކުރުންމަތީ ދެމިތިބޭ މީހުން ކަމަށް މާތް ރަސްކަލާނގެ ވަނީ އަންގަވާފައެވެ.

 

ދަމު ނަމާދުގެ މާތްކަން އިނގޭ އިތުރު ކަންކަން:

 

ދަމު ނަމާދު ކުރާ މީހުންގެ މައްޗަށް މަދަޙައިގެ ބަސްފުޅު، މާތް ރަސްކަލާނގެ ވަޙީކުރައްވާފައިވެއެވެ.

 

ދަމު ނަމާދު ކުރާ މީހުންނާއި، ދަމު ނަމާދު ނުކުރާ މީހުން ހަމަހަމަވެގެނެއް ނުވާކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.

 

މަދީނާ އަށް ހިޖުރަކުރެއްވުމަށްފަހު، ކީރިތި މާތް ނަބިއްޔާ މުސްލިމުންނަށް އެންމެ ފުރަތަމަ އެންގެވި ކަންތައްތަކުގެ ތެރޭގައި ދަމު ނަމާދު ކުރުން ހިމެނެއެވެ.

 

ދެން އޮތީ ދަމު ނަމާދު ކުރުމާ ގުޅޭގޮތުން ބައެއް މީހުން އުފައްދާ ސުވާލެކެވެ. އެއީ ނުނިދާ ހުރެވެސް މި އަޅުކަން ކުރެވިދާނެތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި ދީނީ އިލްމުވެރިން ވިދާޅުވަނީ، ނުނިދާ ހުރެވެސް ދަމު ނަމާދު ކުރެވޭނެ ކަމަށެވެ. އަދި އެ ނަމާދު ސައްހަވެސް ވާނެއެވެ. ނަމަވެސް މީގައި ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ.

އިޝާ ނަމާދަށް ފަހު ދަމު ނަމާދާ ދޭތެރޭ ހޭދަވާ ވަގުތުތަކުގައި ބޭކާރު ގޮތުގައި ހޭލާ ހުރުމަކީ މަކުރޫހަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން، ދަމު ނަމާދުކުރާ މީހާ ނަމާދުގެ ކުރިން ނިދާލުމަކީ އެދެވިގެންވާ ކަމެކެވެ.

 

ތަހައްޖުދު ނަމާދުގައި ކުރާނީ ކިތައް ރަކުއަތް؟

 

ވިތުރި ކުރި ނަމަވެސް ދަމު ނަމާދު ކުރެވުނީއެވެ. އެއީ އެންމެ މަދު މިންވަރެވެ. މާތް ނަބިއްޔާ ގިޔާމުއްލައިލް ނުވަތަ ރޭގަނޑުގެ ނަމާދުގެ ގޮތުގައި ކުރެއްވީ 11 ރަކުއަތެވެ. ބައެއް ރިވާޔަތްތަކުގައި އެއީ 13 ރަކުއަތް ކަމަށް ވެސް ބުނެ ވެއެވެ. އެހެންކަމުން، ދަމު ނަމާދުގެ މިންވަރު މި އަދަދުތަކުގައި ހިފެހެއްޓުމަށް އިލްމުވެރިން އިރުޝާދު ދެއްވައެވެ.

 

އެެހެންކަމުން، ދަމު ނަމާދު ކުރާއިރު ވީހާވެސް ގިނަ ވަގުތު ނަމާދުގައި ހޭދަ ކުރުމަކީ މުހިންމު ކަމެކެވެ.

ތިމާއަށް އެނގޭ މިންވަރަކުން ކީރިތި ޤުރުއާން ކިޔަވާށެވެ. އަދި ރުކޫއާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަ ކުރާށެވެ. ނަމަވެސް ގިނަ އިލްމުވެރިންގެ ނަޒަރުގައި އެކަން އެގޮތަށް ނުކުރެވޭނެ އެވެ. ވީމާ މޮޅު އިތުރުވެގެންވަނީ އަރަބި ބަހުން ދުއާ ކުރުމެވެ.