އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުالله ޙަލީލު ވިދާޅުވެއްޖެއެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުން ޚަލީލު ވިދާޅުވީ އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި، އިންސާނީ ހައްގުތައް ބައިނަލްއަގުވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މި ސެޝަންގައި ތަގްރީރް ކުރައްވަމުން ޑރ. ޚަލީލުވަނީ ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ޑރ. ޚަލީލު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށާއި، ގާނޫނީ އިސްތިގުލާލު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ޑރ ޚަލީލުގެ ތަގުރީރުގައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރެއްވަފައެއެވެ.
އަދި އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާގެ އުސޫލުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވާ ޑރ. ޚަލީލު ވިދާޅުވީ ހުރިހާ އިންސާނުންނަކީވެސް މިނިވަންކަމާއި، ކަރާމާތާއި، ހަމަހަމަ ހައްގުތަކަކާއެކު އުފަންވެފައިވާ ބައެއްކަމަށް އެ އަގުތައް ހިމާޔަތްކުރުމަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއްކަމަށެވެ.
މީގެ އިތުރުން ޑރ ޚަލީލު ވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 އިން 2030 އަށް ހިނގާ ދައުރަށް ރާއްޖެއިން ކުރިމަތިލާން ނިންމާފައިވާކަން ޑރ ޚަލީލު ވަނީ އިއުލާނު ކުރައްވައިފައެވެ.

