މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މިމަޝްރޫއުގެ މަސައްކަތް އަލުން އަލުން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
މަޝްރޫއު ހިންގާ އެމްއޭސީއެލުން ބުނިގޮތުގައި ހިއްކަން ޖެހޭ 97.15 ހެކްޓަރުގެ ތެރެއިން މިއަދާއި ހަމައަށް 15 ހެކްޓަރު ވަނީ ހިއްކައި ނިމިފައި ކަމަށާއި، އެއީ މުޅި މަޝްރޫއުގެ އިންސައްތައަށް ބަލާނަމަ، 15.44 އިންސައްތަ ކަމަށެވެ.
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ.
ގިރާވަރުފަޅުން ދޫކުރަނީ 1،250 އަކަފޫޓުގެ 2،605 ޕްލޮޓާއި 1،650 އަކަފޫޓުގެ 1،213 ޕްލޮޓާއި 2050 އަކަފޫޓުގެ 253 ޕްލޮޓުގެ އިތުރުން 2،450 އަކަފޫޓުގެ އެއް ޕްލޮޓެވެ.


އިބޫގެ ޕްރޮޖެކްޓެއް.