ރ. އަލިފުށީ ގެއެެއްގައި ރޯވެއްޖެއެވެ.

މިއަދު ހަވީރު ރޯވެފައި ވަނީ އަލިފުށީ އައިރިސްގޭގައެވެ.

އެ ގޭގައި އަލިފާން ރޯވުމުން، އާންމުންނާއި ފުލުހުން ވެސް ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެއެވެ.

ނައިފަރު ފަޔަ ސްޓޭޝަނުން ވެސް ވަނީ އަލިފާން ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.

އެހެންވެ، އެ ގޭގައި ދިރިއުޅެމުން އައި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް އަލިފުށީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

އައިރިސްގޭގައި ރޯވި ހާދިސާގައި އެ ގެއާ އިންވެގެން ހުރި ގޭގެ ފާރަށް ވެސް ގެއްލުންވެފައިވެއެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.