މިދިޔަ އަހަރުގެ ޖޫން މަހު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ.
ަޒަކާތު ހައުސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ކަމަށްވާ 16.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ.
މީގެއިތުރުން ފީ ސަބީލިﷲ އަށް 1.4 މިލިޔަން ރުފިޔާ، ޢާމިލުންނަށް 256،000 ރުފިޔާ އަދި އިބްނުއްސަބީލަށް 85،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން މުދަލު ޒަކާތުގެ ގޮތުގައި 13.1 މިލިޔަން ރުފިޔާ ބަހާފައިވާއިރު، ބޯން މެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިޔަން ރުފިޔާ، ޒަރޫރީ އެހީއަށް 62،000 ރުފިޔާ އަދި ދަތި ހާލުގައި އުޅޭ ކިޔަވާ ކުދިންނަށް 6،450 ރުފިޔާ ވަނީ ދީފައެވެ.

