މަހެއްގެ މައްޗަށް 60،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ނުލިބޭ ގޮތް ހެދުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ސިޔާސާތަށް އަންނަ މަހުން ފެށިގެން އަމަލުކުރެވޭނެއެވެ.

އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅާއެކު އަންނަ އަހަރުގެ ތެރޭގައި 287 މިލިއަން ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އާސަންދައަށް އަހަރުން އަހަރަށް ކުރަންޖެހޭ ހަަރަދުތައް އިތުރުވެ މިދިޔަ އަހަރުވެސް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.