2026 ވަނަ އަހަރުގެ ޖެނުއަރީ 17 ގައި ދިރާސީ އާ އަހަރު ފަށާ ގޮތަށް ނިންމައިފިއެވެ.
އެކެޑަމިކް ކަލަންޑަރުން ދައްކާ ގޮތުން 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގައި ޓީޗަރުން ސްކޫލްތަކަށް ރިޕޯޓު ކުރަންޖެހެނީ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހެވެ.
އެއަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނެކަމަށް ކަލަންޑަރުގައި ހިމަނާފައިވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހަށެވެ.
ދަރިވަރުންގެ ފުރަތަމަ ޓާމުގެ ޓެސްޓު ފެށޭނެ ކަމަށް ކަލަންޑަރުގައި ވަނީ، ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ އަށްވަނަ ދުވަހަށެވެ.
ދެވަނަ ޓާމުގެ ކިޔެވުމަށް ދަރިވަރުން ނިކުންނާނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހެވެ.
އެއަށްފަހު ދެވަނަ ޓާމުގެ ޓެސްޓު ނޮވެމްބަރު މަހުގެ 23 އިން ފެށިގެން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކަލަންޑަރުގައިވެއެވެ.
އަދި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ރިޕޯޓު ފޮތް ދިނުމަށްފަހު އެ މަހުގެ 10 ވަނަ ދުވަހު ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓިއަށްދާނެއެވެ.

