އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މާވިން އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެކޯޓުގެ ރަޖިސްޓްރާއިން ސާފުވެއެވެ.

މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށްވެސް 15 އަހަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.

މޭރީ ގްރޭސްގެ މަރާލި މައްސަލައިގައި މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މާވިންގެ މައްޗަށް ހުކުމްކުރީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.