ތިނަދޫ ސިޓީގައި ހިންގި ގޭގް ރޭޕުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މިއީ އުމުރުން 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް  ޖިންސީ ގޯނާކުރި މައްސަލައެވެ. މި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެއީ، މުޙައްމަދު މައިސަން ޝިޔާޒު، 21، އަޙްމަދު އިފްތިޝާމް ޒަރީރު، 24، ނަޖުމުﷲ ޙަސަން، 35، ޢާޒިމް މުފީދު، 24، ޢަލީ ޙުޒާމް ސަޢީދު، 31، މުޙައްމަދު ޞާލިޙު އަޙްމަދު، 26، އަޙްމަދު ނޫޙު ނިޔާޒު، 20، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު، 20، އަދި އަޙްމަދު ޞާނިޖު ޞާދިޤު، 32، އެވެ.

މީގެ ތެރެއިން ނޫޙު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު، އިފްތިޝާމް އާއި ޙުޒާމް 90 ދުވަހަށް، ނަޖުމުﷲ 45 ދުވަހަށް، މިޝަލް އާއި ޞާނިޖު 30 ދުވަހަށް، ޢާޒިމް 15 ދުވަހަށް އަދި ޞާލިޙުގެ ބަންދަށް އިތުރު ފަސް ދުވަސް މިހާރު ވަނީ އިތުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ތިނަދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.