ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާއްމުންނަށް ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ލަކުޑި ޖެޓީ މަރާމާތުކޮށް، އަލުން އާއްމުންނަށް ހުޅުވާލިއިރު، އެ ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ހުޅުމާލެ ފަޅު ތެރެއަށް ވަން ބާޖަކުން ޖެހުމުންނެވެ. ބާޖުން ޖެހި އެ ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ހުޅުމާލެ ލަކުޑި ޖެޓީއަކީ ގިނަ ބަޔަކު ބޭނުންކުރާ ފާލަމެކެވެ.

