ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

Advertisement
Advertise with us

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.

މި ބިލުގައި އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް ސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.

މި ބިލުގައިވާގޮތުން، ރާއްޖޭގައި ރިއަލް ސްޓޭޓް ވިޔަފާރި ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، މިނިސްޓަރުގެ ލަފާގެ މަތިން، ވަކި ހާއްސަ ސަރަހައްދެއް، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ބިލުގައި ވާގޮތުން، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރާއިލް ރައްޔިތުންނަށް ނުވަތަ އިޒްރާއިލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސްއެއް ނުވިއްކޭނެއެވެ.

އޭގެ އިތުރުުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގައިގެން ނުވާނެ ކަމަށް ވެސްް ބިލުގައި ކަނޑައަޅާފައިވެއެވެ.

މިބިލުގައި އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކަށް، ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުމަށް ބިލުގެ އަށް ވަނަ ބާބު ހާއްސަކޮށްފައިވާއިރު، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޖުވާ ކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް، ޒޯނުގައި އެއްވެސް ސިފައެއްގައި ގާއިމުކޮށްގެން ނުވަތަ ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަަމަށް ވެސް ބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން އެގޮތަށް ކަނޑައަޅާ ޒޯނުގައި ތަރައްގީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓް ކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުން ކުރުމަށް ހުއްދަ ވެސް ލިބިގެން ނުވެއެވެ.