ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Advertisement
Advertise with us

ޔޫތު މިނިސްޓްރީން ބުނީ އަންނަ އަހަރު އިނާމު ދޭނީ 2025 އިން 2026 އަށް ހުށަހަޅާ ޒުވާނުންނަށް ކަމަށެވެ. އެގޮތުން ތަފާތު 22 ދާއިރާއަކުން އިނާމު ދޭން ނިންމާފައިވެ އެވެ. ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް އިނާމުގެ ގޮތުގައި ހާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބޭނެ އެވެ.

ޒުވާނުންގެ އެވޯޑް ދޭ ދާއިރާތައް:

* ވިޔަފަރި އާއި އިގްތިސާދު
* ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލިޖީ އަދި ޑިޖިޓަލައިޒޭޝަން) ދާއިރާ
* އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
* މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
* ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިންް)
* ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
* ތިމާވެށި
* މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
* ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތްކުރުން
* ދިވެހި ބަސް ކުރިއަރުވައި އާލާކުރުން
* ދިރާސާ ކުރުން އަދި އާ އުފެއްދުންތައް
* ޓޫރިޒަމް
* ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ
* ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން
* ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން
* އިސްލާމްދީން
* ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން
* ވޮލެންޓިއަރިޒަމް
* މަސްވެރިކަން
* ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
* ދަނޑުވެރިކަން
* ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި ދާއިރާތަކުން އެވޯޑަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ.

އޮންލައިންކޮށް https://shorturl.at/6RwO0 ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެެވެ.