ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އަންނަ އަހަރު ހުޅުމާލޭގައި ފްލެޓް އަޅަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

އެ މުއްސަސާގެ 136 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކަސްޓަމްސް މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ބިމުގައި އަންނަ އަހަރު ފުލެޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ.

”އެތަނުގައި ފްލެޓް އެޅި ތިބޭފުޅުންގެ ހާއްސަކޮށް ވަޒީފާގައި މިވަގުތު ތިއްބެވި ބޭފުޅުން ވަރަށް ލުކްފޯވާޑް ކުރާނެ ކަމެއް އެތަނުގައި ތިބޭފުޅުންނަށް ބޯހިޔާވަހިކަމެއް ލިބުމަކީ،“ އިހްސާން ވިދާޅުވިއެވެ.

”އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު. އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެއްޓޭ ވަރަށް މަސައްކަތްތައް ބައްޓަން ކުރުން.“

މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފފައިވވާ ކަމަށާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަސްޓަމްސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. ކަމެއްގެ ގޮތުގައި މިނިސްތަރުވަނީ ސިފަކުރައްވާފައެވެ.

ކަސްޓަމްސް އަށް 136 އަހަރު ފުރިގެން ދިޔަ އިރު، އެ މުއައްސަސާގެ މައި މަރުކަޒު މާލޭގައި ހިންގަމުން އަންނަ އިރު، ކަސްޓަމްސްގެ ރީޖަނަލް އޮފީސްތަކެއް ރާއްޖޭގެ 10 ސަރަހައްދެއްގައި ގާއިމުކޮށް ހިދުމަތް ދެއެވެ.